Tuesday, 28 July 2026

ސައުދީއިން ހަދިޔާކުރި ކަދުރު ބަހަން ތައްޔާރުވެއްޖެ

މި ރަމަޞާންމަހަށް ސައުދީ އިން ހަދިޔާކުރި ކަދުރު މިއަދު ބަހަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ސައުދީއިން ކޮންމެ އަހަަރަކުވެސް ދިވެހިރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.

ސައުދީ އެމްބަސީއިން ބުނީ މާރޗް 21 ވަނަ ދުވަހު 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށް އެކަމުގެ އެއްބަސް ވުމުގަ އިސްލާމިކް މިނިސްޓްރީ އާއެކު ސޮއި ކޮށްފައިވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ކަދުރު ބަހަން ފަށާނެ ކަމަށެވެ. ކަދުރު ބަހާނީ؛

  •  އޭޕްރިލް އަަށަކުން ނުވަޔަކަށް މެންދުރު 1:00 އިން 3:00 އަށް
  •  އޭޕްރިލް 14 އިން 18 އަށް މެންދުރު 1:00 އިން 3:00 އަށް
  •  އޭޕްރިލް 23 އިން 25 އަށް ހެނދުނު 9:30 އިން 12:00 އަށް

މިނިސްޓްރީން ބުނީ މާލެ އާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމަށެވެ. ކޮންމެ ގޭބީސީއަކަށް ދޭނީ އެއް ޕެކެޓް ކަދުރުކަމަށާއި ކަދުރު ހަވާލު ކުރާނީ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށެވެ.

މި ރޯދައަށް ސައުދީން ހަދިޔާކުރި ކަދުރު މާދަމާ ބަހަން ފަށާއިރު ރޯދަ ނިމެން ދެން އޮތީ ދެ ދުވަހެވެ. މިއަދު މީ 29 ވަނަ ރޯދަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *