ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އުފައްދާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، އެ ޕާޓީގެ ލީޑަރޝިޕުން ހާމަކޮށްފިއެވެ.
ޕީއެންއެފްގެ މީޑިޔާ ގްރޫޕުގައި، އެ ޕާޓީ އުފެއްދެވުމަށް އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ހިއްސާކުރެއްވި މެސެޖުގައިވާ ގޮތުގައި ރައީސް ޔާމީން އެ ޕާޓީ އުފެއްދެމަށް ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ ކުރިން އެ ޕާޓީއިން ހާމަކުރެއްވި ގޮތުގައި، ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ހުއްދައަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެމަނިކުފާނު އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.


