15 މާރޗް 2024 ގައި 4.5 ކިލޯގެ ހެރޮއިން އަދި މެތް އުސޫލުން ބޭރުން ނެރެން އުޅުނު މައްސަައިގައި ހައްޔަރު ކުރި އެމްއޭސީއެލްގެ ސީނިއާ މުވައްޒިފު ބަންދުން ދޫކޮށްލައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވީ 15 މާރޗް2024 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން އުސޫލުން ބޭރުން 4.5 ކިލޯގެ މެތް އަދި ހެރޮއިން ބޭރު ކުރަން އުޅުނު މައްސަަލައިގައި ޕާކިސްތާނު މީހެއްގެ އިތުރުން އެމްއޭސީއެލްގެ 2 މުވައްޒިފަކާއި އެލަގެޖް ބަލާ އައި ދިވެހި ފިރިހެނެއް ހައްޔަރު ކޮއްފައިވާ ކަމަށެވެ.
މިމައްސަލައިގެ މުއްދަތު ޖަހަން މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި މައްސަލައިގެ އެންމެ އިސް ފަރާތް ކަމަށްވާ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފާ ދެކޮޅަށް ހެކި ހުރިނަމަވެސް ޝަރުތުކޮށް ބަންދުން ދޫކޮއްލާފައި ވާކަމަށް ޕޮލިހުން ވަނީ ބުނެފަ އެވެ.
މަސްތުވާތަކެތި ފެނިފައިވަނީ ޕާކިސްތާން މަގުން ރާއްޖެއަށް އެތެރެވީ މީހާގެ ލަގެޖުންތޯއާ މި ކޭސް އަކީ ކިހާވަރެއްގެ ކޭސްއެއްތޯ ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވާ ޕޮލިހުން ވިދާޅުވީ މިއީ ޖިނާއީ ބޮޑި ތަހުގީގެއް ކުރަމުންދާ މައްސަލައެއް ކަމަށާއި، އަދި މިކަމުގައި ގިނަ މުވައްޒިފުންތަކެއް ހިމެނޭތީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގަ ބަލަމުންދާ ކަމަށެވެ.
އަދި މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވީމަ މި މައްސަލައިގެ އިތުތު ތަފްސީލް ދެވެންނެތް ކަމަށް ފުލުހުން ވިދާޅުވި އެވެ.


