ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނުގެ ކޯޓާ އިންޑިއާއިން އިތުރު ކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސާސީ ބާވަތްތައް ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރަން ދޭ ހުއްދަ މިއަހަރާއި އަންނަ އަހަރަށް އާކޮށްފައިވާ ކަމަށެވެ. އެ ހުއްދަ އާކުރި އިރު ރާއްޖެއަށް އެތެރެކުރެވޭނެ އަދަދުތައް ވެސް އިތުރުކޮށްފައިވާ ކަމަށާއި މިފަހަރުގެ އަދަދު ތަކަކީ 1981 ވަނަ އަހަރު އެ ހުއްދަ ދޭން ފެށިފަހުން ހުއްދަ ދިން އެންމެ މަތީ މިންވަރު ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.
https://t.co/Xxh1P2sS1S pic.twitter.com/FvgAcksXTE
— India in Maldives (@HCIMaldives) April 5, 2024
އެ ކޮމިޝަނުން ބުނީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް މުހިންމު ތަކެތި ކަމަށްވާ ހިލަ އާއި ހިލަވެލީގެ ކޯޓާ 1،000،000 މެޓްރިކް ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ %25ގެ އިތުރުވުމެކެވެ.
ފިޔާ، އަލުވި، ބިސް، ހަނޑޫ ހަކުރު ފުށް އަދި މުގު އެތެރެކުރުމުގެ ހުއްދަ ދިން މިންވަރު ވަނީ ފަސް ޕަސެންޓުން އިތުރުކޮށްފަ އެވެ.
I sincerely thank EAM @DrSJaishankar and the Government of #India for the renewal of the quota to enable #Maldives to import essential commodities from India during the years 2024 and 2025.
This is truly a gesture which signifies the longstanding friendship, and the strong…
— Moosa Zameer (@MoosaZameer) April 5, 2024
- ބިސް: 428 މިލިއަން
- އަލުވި: 21،000 މެޓްރިކް ޓަނު
- ފިޔާ: 36،000 މެޓްރިކް ޓަނު
- ހަނޑޫ: 124،000 މެޓްރިކް ޓަނު
- ފުށް: 109،000 މެޓްރިކް ޓަނު
- ހަކުރު: 64،000 މެޓްރިކް ޓަނު
- މުގު: 224 މެޓްރިކް ޓަނު
- ހިލަ: އެއް މިލިއަން މެޓްރިކް ޓަނު
- ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު
މިދިޔަ އަހަރުވެސް އިންޑިއާއިން މިތަކެތި އެކްސްޕޯޓް ކުރުން މުޅި ދުނިޔޭގައި މަނާކޮށްފައިވީ ނަމަވެސް އިންޑިއާއިން ރާއްޖެއަށް ހަނޑޫ، ހަކުރު އަދި ފިޔާ އެކްސްޕޯޓު ކުރުން ކުރިއަށް ގެންގޮސްފައެވެ.


