އއ.ރަސްދޫ މިސްކިތެއް ތެރޭގައި ތަރާވީހައް ހުރި ކުޑަކުއްޖަކަށް ގްރޫޕަކުން ގަނާ އާއި އަނިޔާކުރާ ވީޑިޔޯއެއް އާންމުވެއްޖެއެވެ.
މިރޭ ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯގައި ފެންނަނީ މިސްކިތުގައި ތަރާވިސް ކުރަމުންދިޔަ ވަގުތު މިސްކިތުގެ ފާހާނާތެރޭގައި ކުޑަކުއްޖަކަށް ގުރޫޕަކުން ބިރުދައްކާ އިންޒާރުދީ އަނިޔާކުރާ މަންޒަރެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ވަނީ ބަލަން ފަށާފައެވެ.
މިމައްސަލައާ ގުޅިގެ ޕޮލިހުންގެ ސްޕޯކްޕާސަން އަހުމަދު ޝިފާން ވިދާޅުވީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަހަލަ މަންޒަރުތަކަކަށް ވާތީ، ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް، ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރަސްދޫ މީހަކު މައުލޫމާތު ދިން ގޮތުގައި އަނިޔާލިބުނު ކުއްޖާއަކީ މަތިވެރިން އެ ރަށަށް ޗުއްޓީ ހޭދަކޮށްލަން ގޮސް ހުރި ކުއްޖެކެވެ. އަދި އެކަންތައް ހިނގީ ރޭ ތަރާވިސްގަޑީގައި ކަމަށްވެސް އެ ފަރާތުން ބުނެއެވެ.


