މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާރ އަކަށް އަޙުމަދު އަޝްފާން އައްޔަން ކުރައްވައިފި އެވެ.
އިމިގްރޭޝަންއިން ރޭ އެކްސްގައި ކޮށްފައިވާ ޓްވީޓެއްގައި ވަނީ އަޝްފާނަށް މަރުހަބާ ކިޔާފައެވެ.
އަޝްފާންވަނީ ފާއިތުވީ 18 އަހަރު އިމިގްރޭޝަންއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ.
އަޝްފާން އަކީ ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ ބޭބެއެވެ. އަޝްފާނަކީ ވެސް ފަސްޓްޑިވިޝަން ގައި ކުޅުނު ކުޅުންތެރިއެކެވެ.


