Tuesday, 28 July 2026

ފޭސް ތިނެއްގެ ހިއްކަމުންދާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަމުންދާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީއިން އިއްޔެ ނެރިފައިވާ އެންގުމެއްގައި ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކަމުންދާ ސައިޓް ”ބީ“ ގެ މަސައްކަތައް ދަތިވާ ގޮތައް އަޅައިފައިވާ އުޅަނދުތައް 04 އޭޕްރީލް 2024 ގެ 00:00 ގެ ކުރިން ނަގަން އަންގާފަ އެވެ.

އަދި އެސަރަހައްދުން ނަގާ އުޅަނދުތައް އެދިމާ ބޭރުގަ އެޅޭނެ އިންތިޒާމް އެޗްޑީސީ އިން ވަނީ ހަމަޖައްސަދީފައެވެ. މި ކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެޗްޑީސީ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *