Tuesday, 28 July 2026

ފުވައްމުލަކުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދިގުވާގަނޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެން ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަނިޔާވި ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހޯމަ ދުވަހުގެ ރޭވެސް ފުވައްމުލަކުގައި ވަނީ މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓްގައި ވެސް ޒުވާނަަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *