19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ބިލްތަކާ ރުހުން ހޯދަން ފޮނުވި މިނިސްޓަރުންނަށް ރުހުން ނުދީ މަޖިލީހުން ސަރުކާރަށް މިކުރާ ޖެއްސުން ނިމުމަކަށް ގެނައުމަށް ޕީޕީއެމް ޕީއެންސީގެ ކެޑިޑޭޓުން ހޮވަން ޖެހޭކަމަށް މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
މައްޗަންގޯޅި އުތުރަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެޑިޑޭޓް އިބްރާޙިމް މުޙައްމަދު (އިއްބެ ޖަނާބު)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ޓޮމް ވަނީ ނިމިދިޔަ ސަރުކާރާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޓޮމް ވިދާޅުވީ ރައްޔިތުން ކައިރީ މާސްކު އަޅައިގެން ގޭގައިމަޑުކުރުމަށް ބުނެފައި ދަންވަރު އެމްއެމްއޭ ހުޅުވައިގެން 34 މިލިއަން ރުފިޔާ ދުބާއީގެ ކުންފުންޏަކަށް ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ފޮނުވީ ވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީގައި އެމްޑީޕީއިން ކަމަށެވެ. މިހާހިސާބަށް އައިއިރުވެސް ލާރިއެއްވެސް އަދި ވެންޓިލޭޓަރުވެސް ލިބިފައިނުވާ ކަމަށް ޓޮމް ވިދާޅުވި އެވެ.
“”ކޮވިޑު19 ގައި ހަކުރު ކިލޯއެއް 16ރ އަށް ގަތީ. އަޅުގަނޑުމެން ގޭގައި ބައިތިއްބާގެން ހަމަ އެމްޑީޕީ ސަރުކާރުގައި – ޓޮމް
އިތުރުން ރާއްޖޭގެ ތިން ބާރުން އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރިީގެ ރައީސް މުޙަމަދު ނަޝީދު އަށް ދިން ނިރުބަވެރި ހަމަލާގެ މައުލޫމާތު އޭރުގެ ޑިފެންސް މިނިސްޓަރަށް އެނގިހުރެ ކުރީގެެ ސަރުކާރުން އެކަމުގަވެސް ވަނީ އިހުމާލުވެފައި ކަމަށް ޓޮމް ވިދާޅުވި އެވެ.
ގައުމީ ކަމެށް ރަނގަޅަށް ދާނަމަ މަލާމަތް ނުކޮށް މަރުހަބާ ކިޔަން ޖެހޭކަމައްވެސް ޓޮމްވަނީ ވިދާޅުވެފަ އެވެ.


