Tuesday, 28 July 2026

ބައްސާމް ޖިންސީ ފުރައްސާރަ އާއި ގޯނާގެ މައްސަލައެއްގަ ސަސްޕެންޑު ކޮށްފި

ރާއްޖެ ޕްރޮމޯޓްކުރަން ބާލިންއަށް ދިޔަ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމު އެކުންފުނީގެ އަންހެން މުވައްޒިފުން ތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ސަސްޕެންޑު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި، އަންހެން މުވައްޒަފަކަށް ބައްސާމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، އޭނާ ވަނީ އެހެން ބައެއް މުވައްޒަފުން ކައިރީގައި ޝަކުވާކޮށްފައެވެ. އެއާއެކު، އެ މައްސަލަ އިތުރަށް ބަލަން އެމްއެމްޕީއާރުސީގެ ބޯޑުން ވަނީ ބައްސާމް ސަސްޕެންޑުކޮށްފަ އެވެ.

ނަމަވެސް، ސީދާ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު، އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި ބުނީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ.

އެކަމަކު، މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅު އަޅަން ޑިސިޕްލިނަރީ ކޮމިޓީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

"ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް އަރުވަމެވެ." ބަޔާނުގައި ވެ އެވެ.

ނިމިދިޔަ ސަރުކާރުގައި ޖިންސީ ފުރައްސާރައާ ގޯނާގެ މައްސަލަ ތުހުމަތުވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަަކިކޮށް މައްސަލަ ބަލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *