ޢީދު ބަންދު ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަޑާލަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސް ތަކެއް ކަމަށް ހަމަޖައްސަވާފައިވާތީ ކަމަށެވެ. ސަބަބެއްކަމަށް އަސްލަމް ވިދާޅުވީ މަޖިލިސްގެ ޖަލްސާތައް މިހާތަނަށް ބާއްވަމުން އައިސްފައިވަނީ ސަރުކާރު ބަންދު ނޫން ދުވަސް ތަކުގައިކަމައް ވާތީކަމުގައެވެ.
މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑި އާއި އެއްގޮތަށް އޮންނައިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައިވެސް މުވައްޒަފުން އުޅުނީ ޗުއްޓީ ދުވަހެއްގެ ގޮތުގައި އަސްލަމް ވިދާޅުވިއެވެ.
އީދު ބަންދަށް މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން މަޖިލިސް ފަށާނެ ތާރީހެއް އަސްލަމް ހާމަ ކޮއްފައެއް ނުވެއެވެ. މިހާރުވެސް މަޖިލީހުގައި ނުނިމި ހުރި ބިލްތަކާ ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ނުވެ އެބަހުއްޓެވެ.


