Tuesday, 28 July 2026

މަޖިލިސް މެމްބަަރުކަމުން ލިބޭ މުސާރަ އުނިކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި

ކުރީގެ ދިވެހިރާއްޖޭގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު މަޖިލީހަށް ހާޒިރުވެވެން ނެތުމުން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ދޭ މެމްބަރެއްގެ އުޖޫރަ އުނިކޮށްދިނުމަށް  އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަން ޖެހޭ ކަމަށެވެ.

އޭގެ ތެރެއިން، ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު، ގާނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާތީ. ހުރިހާ މަސައްކަތެއް ވެސް ވީހާ ވެސް އަވަހަކަށް ފެށޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، މި މަހުން ފެށިގެން، މި ދައުރުގައި ބާކީ އޮތް މުއްދަތަށް، މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް 19 ވަނަ މަޖިލީހުގެ ފުރަތަމަ ރައީސްކަން ކުރެއްވި ނަޝީދު އެދިވަޑައިގެންނެވި އެވެ.

މި ހިނގަމުން އަންނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *