Tuesday, 27 October 2026

ރައީސް ޑރ. މުއިއްޒަކީ މިގައުމުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ މޮޅު އިންޖީނިއަރެއް – ނަރީޝް

‏2023 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ކޯލިޝަންގެ އެއްމެ މަތިން އެންމެ ތިރިއަށް އިއްތިފާގުވެ ނެރުނު ކެންޑިޑޭޓަކި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށާއި، އެމަނިކުފާނަކީ ވިޝަނަރީ އަދި މިގައުމުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ މޮޅު އިންޖީނިއަރެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޑީ މޭޔަރު އަޙުމަދު ނަރީޝް ވިދާޅު ވެއްޖެ އެވެ.

ނަރީޝް ފޭސްބުކްގައި ކޮއްފައިވާ ޕޯސްޓެއްގައި ވިދާޅުވެފަވަނީ ރައީސަކީ ޒުވާނުންގެ ބައިވެރިވުމާއި އިސްރަށްވެހީންގެ ތަޖުރިބާ ބޭނުންކުރައްވައިގެން ދިވެހީންގެރާއްޖެ ހަޤީޤީ މާނައިގައި ދިވެހީންނަށް ހޯދައިދެއްވާނޭ މޮޅު ކައްޕިތާނެއް ކަމަށެވެ.

އަދި ރައީސް މުއިއްޒަކީ ރާއްޖޭގެ ރައްޔިތުންގެ ވޯޓުން ރައްޔިތުން އިޙްތިޔާރު ކުރި ވެރިއެއްކަމަށާއި، މި ވެރިކަން ދަމަހައްޓާނީވެސް ދެ ޕާޓީގެ މެމްބަރުންނާއި ދިވެހި ރައްޔިތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރައް ކާމިޔާބު ކޮށްދީގެން ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

”ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަވާނެ! އެފުރުސަތު ރައްޔިތުން ދޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދީގެން“ ނަރީޝް ވިދާޅުވި އެވެ.

ނަރީޝް އިތުރަށް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ އާންމު މެންބަރުން މަގުމަަތިވާން ނޭދޭ ކަމަށެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރު ދިވެހިން އެދޭ މަގުން ދަތުރު ކުރަން ބޭނުންވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލިސް އެއްކަމަށެވެ. އަދި މަގުމަތިން ސަރުކާރު ވައްޓާލާތަަން ފެންނަށް ރައްޔިތުން ނޭދޭކަމަށެވެ.

ސަރުކާރު ދަމަހައްޓާ ރައްޔިތުންނަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާ ދިވެހިންގެ ރާއްޖެއަން ދިއުމަށް މިވަގުތު ރައްޔިތުންނަށް ކޮއްދެވޭނެ އެއްމެ ބޮޑު ކަމަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ސަރުކާރު ކޯލިޝަން އަށް ކާމިޔާބު ކޮއްދިނުމައް އެހީތެރިވުން ކަމަށްވެސް ނަރީޝް ވަނީ ވިދާޅުވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *