Tuesday, 28 July 2026

އެއާޕޯޓުން ބްރިޖްް ހައިވޭއަށް އަރަން ދިޔަ ކާރަކުން ޓްރެފިކް ބަލަހައްޓަމުންދިޔަ ފުލުހެއްގެ ގައިގާ ޖެހިއްޖެ!

މިއަދު ހަވީރު އެއާޕޯޓުން ބްރިޖް ހައިވޭއަށް އަރަން އައި ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ހައިވޭގެ ޓްރެފިކް ބަލަހައްޓަމުންދިޔަ ޓްރެފިކް ޕޮލިހެއްގެ ގައިގާ ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވށ ވީޑިއޯއިން ފެންނަނީ އެއާޕޯޓުން މާލެއަށްދާން ހައިވޭއަށް ޓެކްސީ އަރަން ދިޔަ ވަގުތު ރެޑް ލައިޓް ޖެހިފައި ހުއްޓާ ޕޮލިސް ކާރެއް ހުޅުމާލެއިން މާލެއަށްދާން ސައިރެން އަޅާފައި ނައްޓާލާ މަންޒަރެވެ. އަދި އެއާއެކު ޓެކްސީ ކޮންޓްރޯލްއިން ނައްޓައިގެން ގޮސް ހައިވޭގައި ހުރި ޕޮލިހެއްގެ ގައިގާ ޖެހި ވެއްޓޭ މަންޒަރެވެ.

މިކަމާ ގުޅިގެން ވީޑިއޯ ރިޓުވީޓު ކުރައްވާ ޕޮލިހުންގެ މީޑިއާ އޮފިޝަލް އަޙުމަދު ޝިފާން އެކްސްގައި ވިދާޅުވީ ކާރު ދުއްވި ފަރާތް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އަނިޔާވި ފުލުސް އޮފިސަރގެ ހާލު ރަނގަޅު ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *