ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ އޮޕަރޭޝަންސް މިއަހަރު ނިމެންވާ އިރަށް ފެއްޓޭނެކަމަށް އުއްމީދު ކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެެވެ.
ޓީވީއެމް ނިއުސްރޫމްއިން ގެނެސްދިން ރާއީސްގެ ހާއްސަ އިންޓަވިއުގައި ބައިވެރިވެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވީ އިރު މަސައްކަތް ކުރަމުން ދިޔައީ ވަރަށް ލަސް ދުވެއްޔެށް ގައިކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި ރާއްޖޭގައި މިވަގުތު ހިގަމުންދާ އެއްމެ ބޮޑު މަޝްރޫޢު އަކީ މައި ދޮރޯށިީގެ މަޝްރޫއު ކަމަށެވެ.ރައީސް މުއިއްޒު އިތުރައް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ އިންތިގާލީ މަރުހަލާގައި މަޝްރޫއުއެށް ހިންގާ ބަޔަކާ ބައްދަލު ކޮއްފައިވާނީ ހަމައެކަނި އެއާޕޯރޓުގެ މަޝްރޫއު ހިންގާ ކުންފުންޔާ ކަމަށެވެ.
ރައީސް ވިދާޅުވީ އިންތިހާލީ މަރުހަލާގއި ވެސް ވާނީ މަސައްކަތް ހިގާ ސައިޓައް ގޮސް މަސައްކަތް ހިގާގޮތް އެމަނިކުފާނު އަމިއްލައށް ވެސް ބައްލަވާފއި ކަމަށެވެ. އެއީވެސް އެމަނިކުފާނު އެއާޕޯޓު އާ ޓާމިނަލްްގެ ޕްރޮޖެކްޓަށް ދެއްވާ އަހަްމީޔަތު ކަމެއްގެ ސަބަބުން ކަމައް ރައީސް މުއިއްޒު ވިދާޅުވި އެވެ.


