ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އެޅުމަށް ހުޅުމާލެ ފޭސް ދޭއްގައި މިއަދު ހަވީރު ބޭއްވި ރަސްމީޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރި ކޮށްދެއްވައިފި އެވެ.
މި ރަސްމިއްޔާތުގައި ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އެޅުއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ރައީސްގެ އަނބިކަބަލުން ސާޖިދާ އެވެ.
ރައީސް އޮފީހުން ބުނީ މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާއިމުކުރާ ފެސިލިޓީއެއް ކަމަށެވެ.
މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް މި ޕެޓްފެސެލިޓީ އިން ލިބިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މި ފެސެލިޓީއިން ގޭގޭ ގައި ގެންގުޅޭ ބުޅަލަށްވެސް ފަރުވާ ދޭނެ ކަމަށާއި މި ފެސިލިޓީގެ ހިދުމަތް ފެޝުމުން މާލެ ސަރަހައްދުގައި މަގުތަކުގައި އުޅޭ ބުޅާ ތަކުގެ މައސަލައަން ދާއިމީ ހައްލެށްލިބިގެން ދާނެއެވެ. މި މައސަލައަށް ހައްލެއް ހޯދައިދެއްވުމަކީ ރައީސް ޑރ. މުިއއްޒުގެ ރިޔާސީ ވައުދެކެވެ.


