Tuesday, 28 July 2026

ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށަނީ!

ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މާލެ ނައިސް ޕާސްޕޯޓު ހެދުމުގެ ހިދުމަތް ދޭން ފަށަން ސަރުކާރުން ތައްޔާރު ވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ރަށްރަށުގައި އަދިވެސް ދިރިއުޅެމުން އަންނާތީ ރަށްރަށުން ހިދުމަތް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ރަށްރަށުން ވެސް ގިނަ ބަޔަކު ޕާސްޕޯޓުގެ ހިދުމަތަށް އެދެމުން އަންނާތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށެވެ.

މިހާރު ސަރުކާރުން ނިންމާފައި އޮތީ ކޮންމެ ސިޓީއަކާއި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގައި ވެސް ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

”ހިދުމަތް ފުޅާކުރަމުން މިދަނީ ރާއްޖޭގެ މި ވަގުތު ހާލަތާއި ސިޓީތަކުގެ ކަންކަން ހުރި ގޮތަށް ބަލާއިރު މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން، “ އާދަމް ޝަރީފް.

އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވިދާޅުވީ މި ވަގުތު ވެސް އިމިގްރޭޝަނުން އަންނަނީ ސިޓީތަކުން ޕާސްޕޯޓު ދޫކުރަމުން ކަމަށެވެ.

ޝަމްއާން ވިދާޅުވީ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މުވައްޒަފުން ނެގުމާއި ޕާސްޕޯޓު ސެޓަޕު ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

"ބޭނުމަކީ އާންމުން ބޮޑު ހަރަދެއް ނުކޮށް ސަރުކާރުން މިދޭ ހިދުމަތްތައް ރަށްރަށުންނާއި އަތޮޅުތަކުން ލިބިގެން ދިއުން،" އިމިގްރޭޝަން ކޮންޓްރޯލާ

ކޮންޓްރޯލަރު ވިދާޅުވީ އަތޮޅު ތެރެއިން ކޮންމެ މަހަކު، ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް 1،200 އެއްހާ މީހުން މާލެ އަންނަ ކަމަށެވެ. ޕާސްޕޯޓު ހެއްދުމަށް ހޭދަވާ އަދަދަށް ވުރެ ޕާސްޕޯޓު ނަގަން މާލެ އައުމަށް ކުރާ ހޭދަ ބޮޑު ކަމަށް ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

ސަރުކާރުން އަމާޒު ހިފާފައި ހުރީ އެއް ފަހަރާ ހުރިހާ ރަށެއްގައި މި ހިދުމަތް ނުފެށުނަސް، އެކަމަށް ފުރަތަމަ އެދިފައިވާ ރަށްރަށަށް އިސްކަންދީގެން ކުރިއަށް ގެންދާށެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *