Wednesday, 29 July 2026

ހަސަން ޝިޔާމްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ހަސަންގެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރެއްވިއިރު، އަންނަ މަހުގެ 21 ގައި ބާއްވާ އިންތިހާބަށް އޭނާ ގެންދަވަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވަމުންނެވެ.

ހ. ކްއީން، އިލްޔާސް އަހުމަދު ހުށަހަޅާފައިވާ އެ މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެ އެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަސަންގެ ކިބައިގައި ހަމަނުވާ ކަމަށާއި އެއީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެމެ، އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއް ކަމަށް ވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ވެސް ބުނަނީ، އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *