ވައުދުތައް ފުއްދުމުގައި މަޖިލީހުގެ އަޢުލަބިއްޔަތު ނެތުމުން ދަތިތަކާއި ކުރިމަތިވާކަމަށް މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށް ފަހު ޕޮރުގުރާމްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ފާއިތުވެދިޔަ ދެތިން މަހުގައިވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލްތަކާ ހަދަން ފޮނުވާ ގާނޫނުތައް މަޖިލީހުން ބޭރުކޮށްލާފައިވާ ކަަމަށެވެ.
”ހުދު އިއްޔެެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވި ސޮވެރެން ބިލް ވެސް ބޭރުކޮއްލީ“އަބްދުﷲ ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުﷲ ވިދާޅުވީ އެމް.ޑީ.ޕީއަށް ސުޕަ މެޖޯރިޓީ ދިނުމުން ޕްރޮޖެކްޓު ތަކުގެ ނަމުގަވީ ހިޔާނާތް ކަމަށެވެ. އަދި މިހާރުވެސް އޮތީ އެމް.ޑީ.ޕީ ގެ މެޖޯރިޓީ ކަމަށާއި، އެމް.ޑީ.ޕީ އަން މެޖޯރިޓީ ދީގެން ކަމެއްވާނަމަ މިހާރުވެސް ވާނެކަމަށް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އަދި ފާއިތުވެދިޔަ ފަސް އަހަރު ވެރިކަމާ އެކު މެޖޯރިޓީ ދީގެންވެސް ކޮށްދެވުނީ ކޮންކަމެއްތޯ ވިދާޅުވެ އަބްދުﷲ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެއިތުރުން މިހާރު މަޖިލިސް މެޖޯރިޓީގަ އެކަނި އޮވެ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެށްބާރުލުން ވެސް ނުދެއްްވާ ކަމަށް ވިދާޅުވެ އަބްދުﷲ ވަނީ އެމް.ޑީ.ޕީއަށް ފާޑު ވިދާޅުވެފަ އެވެ.
އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާ ދިވެހީންގެ ރާއްޖެއަން ދިޔުމަށްޓަކައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރު ހިންގާ ކޯލިޝަން އޮތީ ވަރަށް ބޮޑަށް ރެޑީވެފައި ކަމަށެވެ.
”މިއަދުގެ މަޖިލިސްއިން ޑިމޮކުރަސީގެ އަހުލާގެއްވެސް ސުލޫކެއްވެސް އަދި އިހުތިރާމެއްވެސް މިފެނިގެނެއް ނުދޭ. އެމް.ޑީ.ޕީގެ މެޖޯރިޓީގަ އެޤާބިލު ކަމެއް ނެތް“ އަބްދުﷲ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލިސް ދޭން ރައްޔިތުން ވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އެކަން ހާމަވާ ކަމަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ރައީސް ޑރ. މުއިއްޒަށް ވޯޓު ދީ ބޮޑި އަޢުލަބިއްޔަތަކުން ވެރިކަމަށް ހޮވި ހޮވުން ކަމަށެވެ.


