ހޮނިހިރު ދުވަހުގެ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ޒުވާނާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) އެވެ.
އެ ޒުވާނާ ގެއްލިގެން އިއުލާނުކޮށް ފުލުހުން ބުނެފައިވަނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނާ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށެވެ.
ފުލުހުން ބުނީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ އަކްރަމް ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


