އިޖުތިމާއީ ހައުސިން އަކީ ބޯހިޔާވަހި ކަމެއްނެތް މީހުނަށް ސަރުކާރުން ދޭ އެއްޗެއް ނަމަވެސް، މިހާރު މި ފެންނަނީ އިޖުތިމާއީ ހައުސިންގެ ފުލެޓުތައް ކުއްޔަށްދީގެން ބޮޑު ރިއަލްސްޓޭޓް ވިޔަފާރިއެއް ކުރާ މަންޒަރު ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސެން މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާމް ހުށައެޅުއްވި ރިއަލްސްޓޭޓްގެ ބިލަށް ވާހަކަ ދަށްކަވަމުންނެވެ.
“އަޅުގަނޑުމެންނަން މިހާރު ވެސް އެބަފެނޭ ހިޔާ ފުލެޓުތައް ނަމުން. އެއީ އިޖުތިމާއީ ހައުސިން. އެހެންނަމަވެސް ކަމުން އަޅުގަނޑުމެންނަށް މި ފެށްނަނީ، އެތަނުގައި ދިރިއުޅޭ މީހުންގެ 70 ޕަސެންޓު މީހުންނަކީ އެތަންތަން ކުއްޔަށް ނަގައިގެން އުޅޭ މީހުން”- އަލީ ހުސެއިން ވިދާޅުވިއެވެ.
ހިޔާފުލެޓުތައް ލިބުނު މީހުންގެ ބޮޑު އިންސައްތައެއް އުޅެނީ މާލެގަ ނޫނީ ކޮންމެސް ރަށެއްގައި ކަމަށާއި ފުލެޓު ލިބުނު މީހުން ދެވަނަ ނޫނީ ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ކުރަނީ ބޮޑު ރިއަލްއެސްޓޭޓު ބިޒްނަސްއެއް ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފައެވެ.
ނިމިގެންދިޔަ ސަރުކާރުން ވަނީ މިކަން ރެގިއުލޭޓު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައެވެ.


