Tuesday, 28 July 2026

ރޯދަ ބަދިގެ: ލެމަން ކޭކު

ބޭނުން ވާނެ ތަކެތި: 

2 1/2 ޖޯޑު ހަކުރު
1 1/2 ޖޯޑު ބަޓަރ
4 ބިސް
3 1/2 ޖޯޑު ފުށް
1/2 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ ބެކިން ސޯޑާ
1 ޖޯޑު މިލްކް
1/2 ޖޯޑު ލުނބޯ ހުތް
1 މޭޒުމަތީ ސަމުސާ ލުނބޯ ތޮށި ގާނާފައި

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ 1 1/2 ޖޯޑު ބަޓަރު އަދި ހަކުރު ރީއްޗަށް އެއްވަންދެން އިލެކްޓްރިކް މިކްސަރަކުން ގިރާލާށެވެ. ދެން ފަހަރަކު ބިހެއް ލަމުން ގިރަމުން ދާންވީއެވެ.

ދެން ތައްޓެއްގައި ފުށާއި ލޮނު އަދި ބޭކިން ސޯޑާ އެއްކޮށްފައި ގިރުވި ބައި ތެރެއަށް އަޅާށެވެ. އެއްވުމުން މިލްކް އަޅާ ގިރާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށް މިކްސް ވުމުން ލުނބޯ ހުތާއި، ގާނާފައި ހުރި ތޮށި އަޅާފައި ގިރުވާލާށެވެ. ދެން 165 ޑިގްރީގައި 60 އާއި 75 މިނެޓް ދޭތެރޭ ފިހެލާށެވެ. އޭރުން ހުންނާނީ ލެމަން ކޭކް ތައްޔާރު ވެފައިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *