Tuesday, 27 October 2026

ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދިން ލަމްހާ މަސްތުވާތަކެއްޗާ އެކު ހައްޔަރަށް

މާލޭގެ ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ބޭބެއަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި، ހ. އަލަވަލުގެ، ލަމްހާ ނަސީރު 26އ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ހެންވޭރުގެ ގެއެއްގެ ތެރޭގައި ބޭބެއަށް ވަޅިން ހަމަލާދީގެން ލަމްހާ ހައްޔަރުކުރީ 21 ޑިސެމްބަރު 2022 ގައެވެ. އެ މައްސަލައިގައި އޭނާ ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ބެހެއްްޓުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ލަމްހާ އަލުން ހައްޔަރުކޮށްފައި މިވަނީ، އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނުމުންނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މި މަހުގެ 22 ވަނަ ދުވަހު ވަނީ 20 ދުވަސް ޖަހައިފައެވެ.

އެކޮޓަރިން އޭނާގެ ޕާސްޕޯޓް ފެނިފަައިވެއެވެ. އަދި ލަމްހާ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ކަމަށް ތުހުމަތު ކުރެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ދިޔާ އެއްޗެށް އަޅާފައިވާ ފުޅިއެށްވެސް ފެނިފައިވެއެވެ. ހަމައެހެންމެ މަސްތުވާތަކެތި ކިރާ އެތަކެތި ބަންދުކުރަން ގެންގުޅޭ ތަކެތިވެސް ފެނިފައިވެއެވެ.

ބަންދުގެ އަމުރުގައިވާގޮތުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ކެނެބިސް ހުރިއިރު، އޭގެ ބަރުދަނުގައި 317،8395 ގްރާމް  ހުރިކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކައެވެ.

ލަމްހާ އަކީ ކުރިންވެސް މަސްތުވާތަކެތީގެ ރިޕޯޓު އޮންނަ ފަރާތެކެވެ.

މި މައްސަލަ ޕޮލިހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *