Tuesday, 28 July 2026

ކެމްޕެއިނަށް މާމެންދޫއަށް ދިއުމުން ނަރީޝްގެ ގަޔަށް އަތްލާ މާރަމާރީ ހިންގައިފި

އިއްޔެ މާމެންދޫއަށް ސަރުކާރު ކޯލިޝަންއިން ކުރި ކެމްޕެއިން ދަތުރެއްގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ގަޔަށް އަތްލާ މާރަމާރީ ހިންގައިފި އެވެ.

ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކޮލަމާފުށި ދާއިރާގެ ކެނޑިޑޭޓު އިބްރާހިމް ދީދީ (ޑީޑީ)ގެ ކެމްޕެއިންގަ އިއްޔެ ހަވީރު ޑީޑީގެ ކެމްޕެއިން ޓީމް މާމެންދޫއަށް ރޯދަވީއްލުމަކަށް ދިޔަ ވަގުތު ދަަގަނޑު ބުރިއެށް ހިފައިގެން ގުރޫޕަކުން އައިސް ވަނީ ނަރީޝްގެ ގައިގާ ޖަހާފައެވެ.

އެވަގުތު ނަރީޝްގެ ކައިރީގައި ތިބި ކެމްޕެއިން ޓީމުގެ މަސައްކަތުން ނަރީޝް އަށް މާ ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ވަނީ އެކަމަށް ހުރަސް އަޅާ ހުއްޓުވާފަ އެވެ.

އެހެންނަމަވެސް އެރަށު އިދިކޮޅަށް ނިސްބަތްވާ މީހުން ދަނީ އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނަރީޝް ކަމަށް ބުނަމުންނެވެ. އަދި އޭގެ ފަހުގައި މައްސަލަ ހޫނުވިކަމަށް ވެސް ބުނެފައި ވެއެވެ.

މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *