Tuesday, 28 July 2026
ފޮޓޯ: މީސް މީޑިޔާ

މަގުމައްޗަށް ކުނިއަޅާ މީހުންގެ ފޮޓޯ/ވީޑިއޯ ފޮނުވަން ސިޓީ ކައުންސިލުން އެދިއްޖެ

މާލޭ މަގުމައްޗަށް ކުނި އޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށްދޭން މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

އެ ކައުންސިލުން ބުނީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތައް ދަނީ ފާހަގަ ކުރެވެމުންދާ ކަމަށެވެ. މި ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ 9341144 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވައިދިނުމަށް ވަނީ އެދިފަ އެވެ.

މާލޭ މަގުމަތީގައި މިދުވަސްކޮޅު ކުނީގެ މައްސަލަ ބޮޑުވެ، ސިޓީ ކައުންސިލުން ދަނީ މަގުތަކުގައި ބަހައްޓާފައި ހުރި ކުނިތައް ނަގަމުންނެވެ. މަގުމަތީގައި ކުނި ގިނަވާން ފެށީ ރޯދައަށް ގޭބިސީތައް ސާފުކުރުމަށްފަހު މަގުމަތީގައި ކުނި ބަހައްޓަން ފެށުމުންނެވެ.

ކައުންސިލުން ރޭ ވެސް ވަނީ 30 ޓަނުގެ ކުނި ނަގާފަ އެވެ. ކޮންމެ ރެޔަކު އެވަރަކަށް ކުނި ނަގަ އެވެ. ކައުންސިލުން ދަނީ މަގުމަތީގައި ކުނި ބަހައްޓާ މީހުން، ކުނި ބަހައްޓާ ކޮންމެ ފަހަރަކަށް 500 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ.

ކުނި ބަހައްޓާ މީހުން ޖޫރިމަނާ ކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާއިރު، މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *