Tuesday, 28 July 2026

ލޯކަލް ޓޫރިޒަމްގެ ހަބު، މާފުށިން ގޯތި ވިއްކަން ބިޑަށް

ކ. މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯތި ވިއްކުމަށް ހުޅުވާލައިފި އެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގެ އަލަށް ހިއްކި ބިމުން ގޯތިތަކެއް ވިއްކަން ނިންމައި، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ.

ކައުންސިލުގެ ބިޑު ޑޮކިޔުމަންޓުގައިވާ ގޮތުން، މާލެ ފިޔަވައި ބިމުގެ އަގު އެންމެ ބޮޑު މާފުށިން ވިއްކާ މި ހަ ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000ރ. އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ބިން ވިއްކާ އެންމެ ބޮޑު އަގެވެ.

24 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑުފޮތެއްގެ އަގަކީ 30,000/-ރ (ތިރީސްހާސް ރުފިޔާ) އަށެވެ.

ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމާ އަދި ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމައް މާފުށި ކައުންސިލުން ވަނީ އަންގާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *