Tuesday, 28 July 2026

ސްޓެލްކޯ ހުޅުމާލޭ ސަބްސްޓޭޝަންތަކެއްގެ ތަޅު ހަލާކު ކޮއްލައިގެން، ކަރަންޓު ކަނޑާލައި ވައްކަން ކޮއްފި

ސްޓެލްކޯގެ ސަބްޓޭޝަންތަކެއްގެ ތަޅުތައް ހަލާކުކޮށްލައިގެން ވަދެ ކަރަންޓު ކަނޑާލުމަށްފަަހު ޓްރާންސްފޯމަރުގެ ބައި ބަޔާ މިނޫންވެސް އަގު ބޮޑެތި މުދާ ވަގަށް ނަގާ، މުދަލަށް ގެއްލުން ދީފި ކަމަށް ސްޓެެލްކޯގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ހުޞައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސަބްޓޭޝަންތަކެއްގެ ތަޅު ހަލާކުކޮށްލައިގެން ވަގަށް ވަދެ ޓްރާންސްފޯމަރު ތަކެއް ނިއްވާލާ ޓްރާންސްފޯމަރުގެ ބައިތަށް ވަގަށް ނަގަމުންދާކަމަށް ފާހަގަކުރެވި އެކަން ވާނީ ކަމާބެހޭ އިދާރާ ތަކައް އަންގާފަކަމަން ފަހުމީ އެކްސްގައި ކޮއްފައިވާ ޓުވީޓެއްގައި ހާމަކޮށްފައި ވެއެވެ.

“ރޭގެފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ކަރަންޓު ކެނޑުމަށް މެދުވެރިވިީ މިދެންނެވި ގޮތައް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެން”- ފަހުމީ

މިއީ މިކަން ކުރާމީހުނަށްވެސް އެހާމެ ނުރައްކާތެރި ކަމަކަށްވެފައި އަދި ސްޓެލްކޯއިން ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުކެޑުމެށް ނެތި ދިނުމަށްޓަކާ ކުރާ މަސައްކަތަށް ވެސް އެޅޭ ބޮޑު ހުރަހެއްކަމަށް ސްޓެލްކޯއިން ފާހަގަކުރި އެވެ.

ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހަސަން އާދަމް މިސްކިތުގައި ތަރާވިސް ކުރަމުން ދަނިކޮށް އެ މިސްކިތުން ކަރަންޓު ކެނޑިފައިވަަަނީ ވެސް އެ މިސްކިތް ކައިރީގަ ހުންނަ ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ވަދެ ޓްރާންސްފޯމަރުގެ ބައިތަކެއް ވަގަށް ނެގުމާއި ގުޅިގެންނެވެ.

ފަހުމީ ވަނީ މިފަދަ ކަންކަން ކުރާ މީހުން ހޯދާ އެމީހުންނާއި އަދި މިހެން ވަގަށް ނަގައިގެން ގެންނަ އެއްޗެހި ގަންނަ މީހުންނާއި މެދުވެސް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ފަތިހު ވަނީ ފޭސް ދޭއްގެ ހިޔާ 5 ވަނަ ޓަވަރުން ފެށިގެން 8 ވަނަ ޓަވަރާއި ހަމަޔަށް ގަޑިއިރަކަށް ކަރަންޓް ކެނޑިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *