ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރު ފަސް ޓަނުގެ ކަދުުރު ވެސް މިއަދު ހަދިޔާކޮށްފައިވެއެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކުރުމަށް ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް އަދި އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރެކް ބިން އަބްދުﷲ އަލް އަޖާލީން އަލްދައުސަރީ ބައިވެރިވެވަޑައިގެންނެވި އެވެ.
ސައުދީ އަރަބިއްޔާ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.


