Tuesday, 28 July 2026

އެމްއެންޑީއެފްގެ އެއާކޯގެ ޚިދުމަތް ފަށައިފި

ތުރުކީގެ ބައިރެކްތާރު މަރުކާގެ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި ދިވެހި ސިފައިން ރަސްމީކޮށް ހަވާލުވެ، އެމްއެންޑީއެފްގެ އެއާކޯގެ ޚިދުމަތް ފަށައިފި އެވެ.

އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މާފަރު އެއާޕޯޓުގައި އަސްކަރީ ޑްރޯންގެ އޮޕަރޭޝަންތަކަށް ޚާއްސަ ބޭސްއެއް ގާއިމުކުރަން ސިފައިން ވަނީ ނިންމައިފައެވެ. ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު ބަލަހައްޓާނީ ސިފައިންގެ ބޭނުންތަކަށް އަސްކަރީ ޑްރޯން ގަންނަން ތުރުކީގެ ސަރުކާރާ އެކު ހެދި އެއްބަސްވުމުގެ ދަށުން ގެނައި "ބައިރަކްތާރު ޓީބީ2″ގެ ދެ ޑްރޯން ބޭނުން ކޮށްގެންނެވެ.

ޑްރޯންއާ ބެހޭ ބައެއް މައުލޫމާތު:

ކޮމިއުނިކޭޝަން ރޭންޖް: 300 ކިލޯމީޓަރު ދަތުރު

މެކްސިމަމް ސްޕީޑް: 70 ނޮޓް

120 ނޮޓް ޕޭލޯޑް ކެޕޭސިޓީ 150 ކިލޯ ޕެލޯޑް

އައިއެސްއާރު ސްވިޗޭބަލް އީއޯ/އައިއާރް/އެލްޑީ ނުވަތަ މަލްޓި ޕާޕަސް އޭއީއެސްއޭ ރާޑަރު ޕެލޯޑް

މިއުނިޝަންސް 4 ލޭޒާ ގައިޑެޑް ސްމާޓް އެމިއުނިޝަން ފިއުލް ކެޕޭސިޓީ/ބާވަތް 300 ލީޓަރު/ޕެޓްރޯލް

މެކްސިމަމް އަލްޓިޓިއުޑް 18.000 ފޫޓް – 25.000 ފޫޓް

މެކްސިމަމް ޓޭކްއޮފް ވެއިޓް 700 ކިލޯ

މިއީ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގެ އެންމެ އެޑްވާންސް ޑްރޯންތަކެވެ. އެއީ ބައިރެކްތާރު ޓީބީ2 މޮޑެލްގެ ޑްރޯންތަކެވެ. މިއީ އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލާތްތަކާއެކު އުފައްދާފައިވާ ޑްރޯންތަކެވެ. މިގޮތުން މި ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 ފޫޓަށް ވުރެ މަތިން ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެވެ. އަދި 70 އާއި 120 ނޯޓުގެ ސްޕީޑްގައި ދުއްވުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ބޭނުން ކުރަމުން އަންނަ ވައްތަރެކެވެ. މި ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރު ކުރުމުގެ ގާބިލްކަންވެސް ލިބިފައި ވެއެވެ.

24 ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމް މި މަސް ތެރޭގައި ގާއިމް ކުރާނެ ކަން ރައީސް އިއުލާން ކުރެއްވީ މާރިޗް ދެ ވަނަ ދުވަހެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *