މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ޖުމްލަ 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު ލިބުނު ޖުމްލަ އާމްދަނީ 33.7 އިންސައްތަ އިތުރުވެފައިވާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ޖީޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް ގެ އިތުރުން ބިދޭސީ ކޯޓާ ފީ ފަދަ ޓެކްސް ލިބުނު މިންވަރު އިތުރުވުން ކަމަށެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު 11.5 އިންސައްތަ އިތުރުވެ، ޓުއަރިޒަމް އާ ގުޅުންހުރި ޓެކްސްތަކާއި ފީތައް ވަނީ އިތުރުވެފައެވެ.
އަދި ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ވެސް ރިވިއު މަހުގެ ތެރޭގައި ނަގާފައިވާއިރު، ބިދޭސީ ކޯޓާ ފީ ލިބުމުގެ ސަބަބުން ފެބްރުއަރީ މަހު ރަނގަޅު ނަތީޖާއެއް ނެރެވުނެވެ.
ފެބްރުއަރީ މަހު ލިބުނު އާމްދަނީއަކީ ވެސް އިނިޝިއަލް ފޯކާސްޓްއަށް ވުރެ 22.3 އިންސައްތަ އިގެ ކުރިއެރުމެކެވެ. އޭގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އިތުރުވުމާއި، ބޭންކް އިންކަމް ޓެކްސްއަށް ދައްކަން ޖެހޭ ފައިސާ ލަސްވުމާއި، ޓޫރިޒަމް ލޭންޑް ރެންޓެވެ.
މީރާއިން ބުނީ ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 100.34 މިލިއަން ލިބިފައިވަނީ ޑޮލަރުން ކަމަށެވެ.


