Tuesday, 28 July 2026

ޔޫރަޕްގެ ހަތަރު ގައުމަކާއެކު އިންޑިއާއިން 100 ބިލިއަން ޑޮލަރުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގައި ނުހިމެނޭ ޔޫރަޕްގެ ހަތަރު ގައުމެއްގެ ގްރޫޕަކާއެކު އިންޑިއާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ) އާ އެކު ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން އިންޑިއާގައި 100 ބިލިއަން ޑޮލަރު ގެ އިންވެސްޓްމަންޓްތައް ކުރާނެ ކަމަށް އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އީއެފްޓީއޭ އެކުލެވިގެންވަނީ ނޯވޭ، ސްވިޒަލޭންޑް، އައިސްލޭންޑް އަދި ލިޗްޓެންސްޓައިންގެ މައްޗަށެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ އިނގިރޭސިވިލާތާއި އިންޑިއާއިން އެފްޓީއޭއެއް އެކުލަވާލުމުގެ މަޝްވަރާތައް ބާއްވަމުން އަންނަތާ ދެ އަހަރުވެފައި ވަނިކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނެރުއްވި ބަޔާނެއްގައި ވަނީ މި ތާރީޚީ އެއްބަސްވުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުންތައް އިތުރުކޮށް ޒުވާނުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގެ ސަބަބުން އީއެފްޓީއޭގެ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާއިރު، އިތުރު ތަނަވަސްކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމަކީ ގާތްގަނޑަކަށް 16 އަހަރުގެ މަޝްވަރާތަކަށް ފަހު ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ބަދަލުގައި އެ ހަތަރު ގައުމުން ސިނާއީ މުދަލުން ނަގާ އެންމެ ބޮޑު އިމްޕޯޓް ޓެރިފް އުވާލާނީ އިންޑިއާ އިންނެވެ.

މި އިންވެސްޓްމަންޓްތައް ކުރުމަށް ހަމަޖެހިފައިވަނީ ފާމަސޫޓިކަލްސް، މެޝިނަރީ އަދި މެނުފެކްޗަރިން ފަދަ ސިނާއަތްތަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *