Tuesday, 28 July 2026

ދޮންއަދަރާދަ ހިނގުން އާންމު ބޭނުންތަކަށް އަލުން ހުޅުވާލައިފި

ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައި އޮތް މާލޭގެ ދޮންއަދަރާދަ ހިނގުން އާންމު ބޭނުންތަކަށް އަލުން ހުޅުވާލައިފި އެވެ.

ދޮންއަދަރާދަ މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

ދޮންއަދަރާދަ މަގު ބަންދުކޮށް މީގެކުރިން އެތަނުގައި ބަހައްޓާފައި ހުރީ ސްޓެލްކޯގެ 17 ޖަނަރޭޓަރެކެވެ. މި މަގު އަލުން ހުޅުވާލާލާތީ އެ ޖަނަރޭޓަރުތައް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވުމާ އެކު، މި ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހާގީގީ މާނައިގައި ލިބެމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި މާލެއާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *