Tuesday, 28 July 2026

ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުޞަތުނުދީ އެކަކު އަނެކަކަށް ހެޔޮގޮތުގައި މުޢާމަލާތުކުރުމަށް ރައީސް އެދިވަޑައިގެންފި

މި ބަރަކާތްތެރި ރަމަޟާން މަހުގައި ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވެ، ހަޤީޤަތާ އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށާ، ކުޑަކުދިންނާ ޒުވާނުންނާ ބޮޑެތި މީހުންނަށް އިޙްތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާ ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރައީސް މިހެން އެދި ވަޑައިގެންނެވީ މިއަދު ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާާހަކަފުޅުގައި ވަނީ ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުޞަތުނުދީ އެކަކު އަނެކަކަމަށް ހެޔޮގޮތުގައި މުޢާމަލާތުކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފައެވެ.

އަދި އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމަޢަކަށް މިދިވެހި މުޖުތަމަޢު ހެދުމަށް މި ރަމަޟާންމަހު ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ވަނީ މި ރަމަޟާން މަހަކީ ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ވެސް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މި ފެށޭ ރަމަޟާން މަހަކީ މާތް އަޚްލާޤާ ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށް ރައީސް ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *