Tuesday, 28 July 2026

ނައިފަރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސް ވަޢުދުވެވަޑައިގެންފި

މެދުރާއްޖެތެރޭގެ އާބަން ސެންޓަރެއްގެ ގޮތުގައި ޅި. ނައިފަރު ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނައިފަރަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ދެކުނު އަދި އުތުރުގައި އިންޓަގްރޭޓެޑް ޒޯންތައް ތަރައްޤީކުރުމާއި، ރާއްޖޭގެ ތަފާތު ހަތް ސަރަޙައްދެއްގައި އާބަން ސެންޓަރުތައް ޤާއިމުކުރުމަކީ ރައީސްގެ އިޤްތިޞާދީ މުހިންމު ވައުދެކެވެ.

ރައީސް ވިދާޅުވީ އާބަން ސެންޓަރުތަކުން ރައްޔިތުންނަށް ދޭންޖެހޭ އެންމެ މަތީ ފެންވަރުގެ، އެންމެހައި ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

ނައިފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ 45 ހެކްޓަރު ހިއްކައިގެން ބިމުގެ ސަރަޙައްދު އިތުރުކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ތަކުރާރުކުރައްވާފައެވެ.

ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިހާތަނަށް އެމްޓީސީސީން ވަނީ 20.95 ހެކްޓަރުގެ ބިން ހިއްކާފައެވެ.

މުއިއްޒު ވަނީ ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 400 ހައުސިން ޔުނިޓްގެ މަޝްރޫއު ފައްޓަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަދި ރިޔާސީ ކެމްޕެއިންގައި ނައިފަރަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މަގުތައް ތަރައްގީކޮށް އެރަށުގައި އިސްލާމީ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *