Tuesday, 28 July 2026

‏⁦ފަލަކީ ހިސާބުން ދައްކާ ގޮތުން ރޯދަ މަހުގެ އެކެއް ވާނީ މި މަހުގެ 11އަށް: މައުމޫން

ފަލަކީ ހިސާބު ދައްކާ ގޮތުން ރަމަޟާން މަހުގެ 1 ވާނީ މި މަހުގެ 11 އަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ އެކެއް ވާނީ މި ހިނގާ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހަށް ކަމަށެވެ.

ކޮންމެ އަހަރަކު މައުމޫން ރޯދަ އާއި ގުޅޭ ތަފާތު އެކި ލިޔުއްވުންތައް ވެސް ހިއްސާ ކުރައްވަ އެވެ. ކަލަންޑަރު ބުނާ ގޮތުންވެސް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހެވެ.

ރޯދަ އަށް ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައި ވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބެލުމަށް ދިޔުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ޢާއްމުކޮށް އޮންނަ އުސޫލަކީ އިސްލާމީ ބޮޑެތި ޤައުމުތަކަށް ހަނދު ފެންނަ ކަމަށް އެޤައުމުތަކުގެ ފަލަކީ އިދާރާތަކުން ޢިއުލާންކުރުމުން ރާއްޖޭގެ މޫސުން އެދުވަހެއްގައި އޮތް ގޮތަކަށްވެސް ރިޢާޔަތްކޮށް ހަނދު ސާބިތުކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *