Tuesday, 28 July 2026

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖެ24 އިން "އެލީން" އެވޯޑް ތައާރަފްކޮށްފި

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖެ24އިން އަންހެނުންނަށް ހާއްސަކޮށް ވިމެންސް އެކްސެލެންސް އެވޯޑެއް ތައާރަފްކޮށްފި އެވެ.

ރާއްޖެ24ގެ ސީއީއޯ ނަޒީމް ނައުޝާދު މިކަން އިއުލާންކުރައްވަމުން ވިދާޅުވީ "އެލީން" (إيلين) ގެ ނަމުން ނަންދީފައިވާ މި އެވޯޑަކީ ވަރަށް މާނައެއް ގެނެސްދޭ އެވޯޑެއް ކަމަށެވެ. އެގޮތުން އެލީން ރަމްޒުކޮށްދެނީ "އަލިކަން ފާޅުވުން" ކަމަށް ނަޒީމް ވަނީ ވިދާޅުވެފައެވެ.

އެލީން އެވޯޑް އުފެއްދުމުގެ މަގްސަދަކީ މުޖުތަމައުގައި އަންހެނުންގެ ތަފާތު އަދި އަސަރުގަދަ ވާހަކަތަކަމަށް އަލި އަޅުވާލުންކަމަށް ނަޒީމް ވަނީ ވިދާޅުވެފައެވެ.

"ރާއްޖެ24 އިން މަސައްކަތް ކުރަނީ އަންހެނުންގެ ހަރުދަނާކަމާއި ބުއްދިވެރިކަމާއި އަޒުމް ދެނެގަނެ އަގުވަޒަންކުރާ ސަގާފަތެއް އުފެއްދުމަށް" ނަޒީމް ވިދާޅުވެފައިވެއެވެ.

އަހަރުން ފެށިގެން (އެލިން) އެވޯޑް ހަފްލާ، އޮންނާނީ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށް ނަޒީމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެ24 އިން ހޮވާލާ 10 އަންހެނުންގެ ކާމިޔާބީއާއި ވާހަކަތައް ގެނެސްދިނުމަށްފަހު މި އެވޯޑް ދެވޭނެކަމަށް ނަޒީމް ވަނީ ވިދާޅުވެފައެވެ.

"އަންހެނުންގެ މި އުފަލާއި، އެމީހުންގެ ކާމިޔާބީތަކާއި، އަޅުގަނޑުމެންގެ މުޖުތަމަޢަށް ގެންނަ ހެޔޮ ބަދަލުތަކުގެ އުފަލުގައި އަޅުގަނޑުމެންނާ ބައިވެރިވުމަށް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަޢުވަތު އަރުވަން." – ނަޒީމް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *