Tuesday, 28 July 2026
އެސްޓީއޯ މުވައްޒަފުން ކާޑުގެ ބާވަތްތައް އުފުލުމުގެ ތެރެއިން / ފޮޓޯ: އެސްޓީއޯ

ހަނޑުލާއި ފުށް ބަހަން ހޮނިހިރު ދުވަހު ފަށާނެ: އެސްޓީއޯ

ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ މިކަމަށް އެކަށޭނަ މުދާ މިހާރު އެތެރެކޮށް ގުދަންކޮށް އަދި ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށާއި މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ ހޮނިހިރުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެ އެވެ.

ރަށްރަށަށް ގެންދާ މުދާ އެސްޓީއޯ އިން ދޯނިތަކަށް މިހާރު ބަރުކުރަން ފަށާފައިވާއިރު އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ ރަށު އަދި ސިޓީ ކައުންސިލްތަކުންނެވެ.

އެސްޓީއޯ އިން ބުނީ ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަނި ކަމަށެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މާލޭ ސަރަހައްދުގައި ހަދިޔާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށް އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.

މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުމަށްޓަކައި ޖުމްލަ ހަތް ތަނެއް ވަނީ ގާއިމުކޮށްފަ އެވެ. އެއީ މާލޭގައި މުދާ ދޫކުރާނީ ގަލޮޅު ދަނޑާއި އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް) އަދިސޯޝަލް ސެންޓަރުންނެވެ. ވިލިމާލޭގައި މުދާ ދޫކުރާނީ ބިއްރި މިސްކިތް ހޯލުގަ އެވެ. ހުޅުމާލޭގެ ފޭސް އެކެއްގައި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ އުމަރު ޒާހިރު ބިލްޑިންގައި ކަމަށްވާއިރު ފޭސް ދޭއްގައި ހަދިޔާ ދޫކުރާނީ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *