ހުޅުމާލެ ފޭސް 1 އަދި ފޭސް ދޭއްގައި ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް 150 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވީ އާބާދީ އިތުރުވުމުގެ ސަބަބުން ހުޅުމާލޭގެ ބޮޑެތި ހުރިހާ މަގުތަކުގައި ވެސް ގިނައިން އެކްސިޑެންޓް ހިނގާ ކަމަށެވެ.
މީގެ އިތުރުން ހުޅުމާލެގައި ވެސް ފަރުވާ ކުޑަކޮށް އެއްގަމު އުޅަނދު ދުއްވާކަމުގެ ގިނަ ރިޕޯޓްތަކެއް ލިބެމުންދާ ކަމަށް ރަޖުނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވައި ޓޯ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ގެ ސަބަބުން ނުރައްކާތެރ އެކްސިޑެންޓްތައް އިތުރުވުމުގެ އަސްލަކީ ޓްރެފިކް ގަވައިދުތަކަށް އިހުމާލުވުން ކަމަށްވެސް ވެސް ރަޖުނީ ފާހަގަކުރެއްވި އެވެ. އަދި ހުއްދަ ނޫން މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވުމާއި ޔޫޓާން ނެގުމަކީ އެންމެ ގިނައިން ގަވާއިދާ ހިލާފުވާ ކަންކަން ކަމަށް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކާ ގުޅުންހުރި މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، މި ކުއާޓަރުގައި 1116 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އޭގެ ތެރެއިން 606 އެކްސިޑެންޓް ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކޮށްފައިވާއިރު، 549 މައްސަލައެއްގެ ތަހުގީގު ނިމި، ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ އެންމެ މައްސަލައެކެވެ.
ރާއްޖޭގައި އަހަރަކު އެންމެ ގިނަ އިން އެކްސިޑެންޓް ހިނގާ ސަރަހައްދަކީ މާލެ ސަރަހައްދެވެ.


