Tuesday, 28 July 2026

ރާއްޖެއާއި ޗައިނާއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ރާއްޖެއާއި ޗައިނާއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ޗައިނާގެ އޮފީސް ފޮރ އިންޓަރނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މޭޖަރ ޖެނެރަލް ޖަންގް ބައޯކުން ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި މޭޖަރ ޖެނެރަލް ވަނީ ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ޗައިނާއާއެކު މަޝްވަރާތައް ފަށާފައިވާއިރު، ރާއްޖެއާއި ޗައިނާއާ ދެމެދު ދިފާއީ ދާއިރާއިން ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އުމްރާނީ ތަރައްގީއާއި އޭގެ ބަދަލުގައި ވިޔަފާރީގެ ރޮނގުން ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *