Tuesday, 28 July 2026

މާއްޑޫއަކީ އޭދަފުށީގެ ބައެއްކަމަށް ރައީސް ކަނޑައަޅުއްވައިފި

މާއްޑޫ އަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފަ އެވެ.

އޭދަފުށީ ކައުންސިލާއެކު މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އެކަމާ ގުޅޭ ގަރާރުގައި ސޮއިކުރައްވާފައެވެ. މާއްޑޫ އަކީ އޭދަފުށި ރައްޔިތުންގެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އޭދަފުށީގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުން ކަމަށެވެ.

ރައީސް ވިދާޅުވީ އޭދަފުށްޓަކީ މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭނެ ކަމަށެވެ.

މާއްޑޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގައި ދިރިއުޅުނު މީހުން އޭދަފުއްޓަށް ބަދަލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

މާއްޑޫ އަވަށްޓެރި 54 ހެކްޓަރުގެ އޭދަފުއްޓަކީ ސައިޒުން އެއްވަރުގެ ރަށެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *