Tuesday, 28 July 2026

ސަރުކާރުން ބަދަލުގެ ގޮތުގައި 56 މިލިޔަން ރުފިޔާ ދޫކޮށްފި

އެކި ފަރާތްތަކަށް ސަރުކާރުން ބަދަލުގެ ގޮތުގައި މި އަހަރު 56 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ މިއީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ އަދަދެވެ.

ނަމަވެސް ބަދަލަށް 56 މިލިއަން ރުފިޔާ ދިނީ ކޮންކޮން ފަރާތްތަކަކަށް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. މި އަހަރުގެ ބަޖެޓްގައި ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 101 މިލިއަން ރުފިޔާ އެވެ.

ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރު ވެސް ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އަދި އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *