ރޭ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެގައި ބޮޑުވި ފެންގަނޑު ސިފައިންގެ އެހތެރިކަމާއެކު ހިންދައިފި އެވެ.
ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މާލެ އައިޖީއެމްއެޗް އަދި ވެސްޓްޕާކް ސަރަހައްދުގަ އެވެ. މި ސަރަހައްދުތަކަކީ އާންމުގޮތެއްގައި ވެސް ވާރޭ ވެހިއްޖެނަމަ ފެންބޮޑުވާ ހިސާބުތަކކެވެ.
ފުލުހުން ބުނިގޮތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓީމުން ރޭ ވަނީ ޕަންޕު ބަހައްޓައިގެން މި ދެ ސަރައްހައްދުން ފެން ހިންދާފައެވެ.
ރާއްޖެއަށް ރެއިން ފެށިގެން ކުރަމުންދާ ވިއްސާރައިގަ މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނ މިއަދު ހެނދުނާއި ހަމަޔަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ.


