ޖޯޑަން ހާޝިމައިޓް ޗެރިޓީ އޯގަނައިޒޭޝަން (ޖޭއެޗްސީއޯ) އިން އދ.ގެ ވިމެން (ޔޫއެންވުމަން)ގެ އެހީތެރިކަމާއެކު ޣައްޒާއަށް ސެނިޓަރީ ސާމާނު ބަރުކޮށްފައިވާ ދެ މަތިންދާ ބޯޓެއް ފޮނުވާފައިވާ ކަމަށް ޖޯޑަން ނިއުސް އެޖެންސީ (ޕެޓްރާ) އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަރަބި އަސްކަރިއްޔާ އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިސްރުގެ ރަފާ ކްރޮސިން މެދުވެރިކޮށް މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިން ކަމަށެވެ.
ޖުމްލަ 40 ޓަނަށް ވުރެ ގިނަ ޓަނުގެ މި ޝިޕްމަންޓް ހާއްސަކޮށްފައި ވަނީ ޣައްޒާގެ އަންހެނުންގެ މެދުގައި ބެހުމަށެވެ.
ޖޯޑަން ހާޝިމައިޓް ޗެރިޓީ އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޝިބްލީ ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ހުރިހާ ސެގްމެންޓަކަށް ހިދުމަތް ދިނުމަށާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރު އަޅުއްވާފަ އެވެ.
ޣައްޒާއަށް އެއަރލިފްޓުން ޖުމްލަ 60 މަތިންދާބޯޓު ފޮނުވާފައިވާއިރު، އޭގެ ތެރޭގައި 15 އެއަރޑްރޮޕް ހިމެނެ އެވެ. އަދި އެއްގަމު މަގުން 380 ޓްރަކް ވަނީ އިތުރުކޮށްފައެވެ.


