Tuesday, 28 July 2026

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ފިހާރައެއްގައި ރޭ މެންދަމު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މ. ކޯޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި "ކައިޓިއަ" ފިހާރާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލާފައިވާ ކަމަށެވެ. އެ ފިހާރަ އިން ދުން އަރާކަމުގެ މަޢުލޫމާތު ލިބުނީ މެންދަމު 3:28 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާ އެކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ފަޔަފައިޓަރުން ގޮސް ހަރަކާތްތެރިވެފައިވެ އެވެ.

އެގޮތުން ގޮސް ބެލިބެލުމުން، އެ ފިހާރަ ތަޅުލާފައި ހުރުމުން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، ފަޔާ ފައިޓަރުން ވަނީ ފަތިހު 4:15 އެހާކަށްހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލައިފަ އެވެ.

މި ހާދިސާގައި ފިހާރައިގައި ހުރި ބައެއް މުދާތަކަށް ގެއްލުންވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *