މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
2022 މާރިޗު 6 ގައި ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހަމަޖައްސާފަ އެވެ. އަދި މިހާތަނަށް އައި އެއްވެސް ރޯދަމަހެއް މި ވަގުތަށް ބަދަލު ގެނެސްފައެއް ނުވެއެވެ.
ރައީސް އޮފީހުން ވަނީ ރަމަޟާން މަހާއި ޝައްވާލުމަހު ބުނެފައިވާ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އަންގާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީގެ ވަޢުދުފުޅުގެ ދަށުން ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރަން ނިންމަވާފަ އެވެ.


