Tuesday, 28 July 2026

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ޕޯޓަލް އެއް ތައާރަފް ކޮށްފި

ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ "ހިޔާވެހި" ޕޯޓަލް އިފުތިތާހުކޮށްފި އެވެ.

މި ޕޯޓަލް އަކީ ސަރުކާރުގެ ބޯހިޔާވަހިކަމާއި ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ފަރުމާ ކޮށްވިފައިވާ އެއްޗެކެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކުރުމާއި ހައުސިން ސްކީމްތަކަށް ހުށަހެޅުމާއި ބޯހިޔާވަހިކަމުގެ ލޯނުތަކަށް ހުށަހެޅުމުގެ އިތުރުން ބޯހިޔާވަހިކަމާއި ގުޅުންހުރި ޝަކުވާތައް ވެސް ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"ހިޔާވަހި" ފަރުމާކޮށްފައި ވަނީ ޕޯޓަލް އަށް ރަޖިސްޓްރީވާ މީހުން ހައުސިން ސްކީމްތަކަށް ހުށަހެޅުމުން، އެޕްލިކޭޝަން ދަރަޖަ ކުރެވޭ ގޮތަށެވެ.

މިނިސްޓްރީން ބުނީ މިއީ މި ޕޯޓަލްގެ އެހީގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ މީހުން ދެނެގަތުމާއ،ި ރަޖިސްޓްރީކުރުމާއި މީހުންގެ މައުލޫމާތު ރައްކާކުރުމުގެ އިތުރުން ކައުންސިލްތަކާ ގުޅިގެން ހައުސިންއާ ގުޅޭ ނީޑްސް އެސެސްމަންޓް ހެދުމުގެ ކުރެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި ސަރުކާރުން އެކުލަވައިލާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައްކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ކުރާނީ "ބޯހިޔާވަހި" އިންނެވެ. ޕޯޓަލް ބޭނުން ކުރެވޭނީ އީފާސް މެދުވެރިކޮށް hiyaavehi.housing.gov.mv އަށް ލޮގިން ކުރުމުންނެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ކުރީ ސަރުކާރުން ވެސް ވަނީ "ގެދޮރުވެރިން" ގެ ނަމުގައި ޕޯޓަލްއެއް އުފައްދައިފަ އެވެ. އަދި މިދިޔަ އަހަރު ގޯއްޗާއި ފްލެޓުތައް ކުރިމަތިލުމަށް ހުޅުވާލީ އެ ޕޯޓަލް މެދުވެރިކޮށެވެ.

ނަމަވެސް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ޕޯޓަލްއެއް ހުޅުވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *