Tuesday, 28 July 2026

ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފުވި މީހާ ހައްޔަރުކޮށްފި

މާލޭ މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ދެންމެ ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ހައްޔަރުކުރި މީހާ ވަނީ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އެތައް ވައްތަރުތަކެއް ޖައްސާފަ އެވެ. އަދި އެ މަންޒަރުތައް ވީޑިއޯކޮށް އާންމު މީހަކު ވަނީ އެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

ފުލުހުން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޕިކަޕެއްގެ ތެރޭގައި ހުރެ، އާއްމުންނަށް ފެންނާނެ ގޮތަށް ހުތުރު ވައްތަރުތަކެއް ޖެއްސި މީހާ ދެނެގަތުމުގެ މަސައްކަތް ފަށައި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެ މީހާ ދެނެގަތުމަށް އާންމުންގެ އެހީ އަށް ވެސް ފުލުހުން އެދުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *