އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ވެމްކޯ ރ.ވަންދޫ މުވައްޒަފުންނަށް އަމާޒުކޮށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ނިންމާލައިފިއެވެ
ފެބުރުވަރީ 10 އިން 21 އަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ހިންގި މި ކޯހުގައި، އެ ކުންފުނީގައި މަސައްކަތްކުރާ 10 މުވައްޒަފުން ބައިވެރިވެ، ނުވަ މުވައްޒަފަކު ކޯސް ފުރިހަމަކުރިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަދި މި ކޯހުގައި ބައިވެރިންނަށް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތަކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ ދަސްކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފިޒިކަލް ޓްރެއިނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ވެސް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
ވެމްކޯ ރ.ވަންދޫ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މުދައްރިބުންނެވެ.


