Wednesday, 29 July 2026

އައްޑޫގައި ސީޕްލޭން ހަބެއް ހަދައި އެންމެ ދެކުނުގެ އަތޮޅުތައް އައްޑޫއާ ގުޅާލާނެކަމަށް ރައީސް ވިދާޅުވެއްޖެ

އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އައްޑޫގައި ސީޕްލޭން ހަބެއް ހަދައި އެންމެ ދެކުނުގެ އަތޮޅުތައް އައްޑޫއާ ގުޅާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ހެނދުނު ހުޅުމީދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫއު ކަމަށްވާ އައްސޭރި ޓޫރިޒަމް މަޝްރޫއު އާއެކު އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާ އިން ގިނަ ފުރުސަތުތަކެއް ހުޅުވި ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އައްޑޫގައި ސީޕްލޭން ހަބެއް ހަދައި އެންމެ ދެކުނުގެ އަތޮޅުތައް އައްޑޫއާ ގުޅާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އޭރުން މި ސަރަހައްދުގެ ޓޫރިޒަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *