Tuesday, 28 July 2026

ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް އަޙްމަދު ޝިފާން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕޯކްސްޕާސަންގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އައްޔަންކުރައްވައިފިއެވެ.

ސްޕޯކްސްޕާސަންގެ މަގާމަކީ ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރ ގެ ހެޑްގެ މަގާމުގައެވެ.

މިއަދު ދިވެހި ފުލުހުންގެ ތަރުޖަމާނުގެ މަޤަމަށް މި އައްޔަންކުރެވުނު  ޗީފް އޮފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާނަކީ ކުރީގެ ރައީސް ޔާމީން އަބުދުލް ޤައްޔޫމުގެ ވެރިކަމުގައިވެސް ދިވެހި ފުލުހުންގެ ތަރުޖަމާނުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އަހްމަދު ޝިފާން ފާހަގަކުރެވިފައިވަނީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތްކުރާ ތަރުޖަމާނެއްގެގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *